Revision 108719 of "ބައިބަލް" on dvwiki'''ބައިބަލް''' އަކީ ޔަހޫދީދީނާއި ނަޞާރާދީނުގެ ކީރިތި ލިޔުންތައް ނުވަތަ ފޮތްތަކުގެ މަޖްމަޢެވެ. [[ބައިބްލް އަކީ ﷲ ގެ ބަސްފުޅުތަ؟]] މިލިޔުމަކީ http://www.fanvai.info/dheen/ageedha/406.html އިންނަގާފައިވާ ލިޔުމެކެވެ. ވަރަށް ތަފުސީލުކޮއްލިޔުއްވާފިވާތީ ނަކަލުކޮއްލީއެވެ. ލިޔުއްވާފައިވަނީ ޢަބްދުﷲ ނަޢީމު އިބްރާހީމް ޑޮކްޓަރ ގްރެހަމް ސްކްރޮޖީ އަކީ ޗިކާގޯގައި ހުންނަ ދުނިޔޭގައި ނަޞާރާ ދީން ފަތުރަން މަސައްކަތް ކުރާ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ގަދަރުވެރި ޖަމާޢަތް ކަމަށްވާ މޫޑީ ބައިބްލް އިންސްޓިޓިއުޓްގެ އިސް މީހެކެވެ. "ބައިބްލް އަކީ ﷲ ގެ ބަސްފުޅުހޭ"? މި ނަމުގައި އޭނާ ލިޔުނު ފޮތުގެ އެއް ބާބަކަށް އޮތީ އެއީ އިންސާނީ، އެހެންނަމަވެސް އިލާހީ ފޮތެކެވެ. މި މައިގަނޑު ސުރުޚީގެ ދަށުގައި އޮތް ބާބެކެވެ. މި ބާބުގައި (ފޮތުގެ 17 ވަނަ ސަފްހާ ގައި) އޭނާ ލިޔެފައި ވެއެވެ. "އާނއެކެވެ. ބައިބްލް އަކީ އިންސާނީ ފޮތެކެވެ. އެކަމަކު ބައެއް މީހުން އެމީހުންގެ ޖާހިލުކަމުން މިއީ ތެދެއް ކަމަކަށް ގަބޫލެއް ނުކުރެއެވެ. (ބައިބްލް ގެ) ފޮތްތައް ނުކުމެފައި ވަނީ އިންސާނީ ސިކުނޑި ތަކުންނެވެ. ލިޔެފައި ވަނީ އިންސާނީ ބަހުރުވައިންނެވެ. އޭގައި ހުރި އަކުރުތައް ލިޔެފައި ވަނީ އިންސާނުންގެ އަތުންނެވެ. އެ ފޮތުގެ ޚާޞިއްޔަތަށް ބަލާއިރު ވަނީ އިންސާނީ ކުލަވަރު ޖެހިފަ އެވެ. ކެނެތް ކްރެގަކީ ނަޞާރާ ދީނުގެ ޢިލްމުވެރިއެކެވެ. އޭނާއަކީ ޖެރޫސެލަމްގެ އެންގްލިކަން ބިޝޮޕެވެ. އާދެ، އިނގިރޭސި ފައްޅީގެ އިސް ފާދިރީއެވެ. އޭނާ ލިޔުނު ފޮތް މުންނާރުގެ ގޮވައިލުންގެ 277 ވަނަ ސަފްހާގައި ލިޔެފައި ވެއެވެ. "ނިވް ޓެސްޓަމެންޓަކީ އެކަހަލަ ފޮތެއް ނޫނެވެ. (މާނަ އަކީ ކީރިތި ޤުރްއާން ކަހަލަ ފޮތެއް ނޫނެވެ.) އެފޮތުގައި ޚުލާޞާ ކުރުމާއި، ކޮށައި މެށުން ހިމެނިފައި ވެއެވެ. (ވާހަކަތައް ހިމެނުމުގައި) އިޚްތިޔާރުގެ ބޭނުން ކޮށްފައި ވެއެވެ. ވާހަކަ އުފައްދާފައި ވެއެވެ. ކަންތައް އެނގި ފެނިފައިވާ މީހުންގެ ބަސް ހިމަނާފައި ވެއެވެ. ފޮތްތައް އައިސްފައި ވަނީ ލިޔުނު މީހުންނަށް އެހީތެރިވާން އޮތް ފައްޅީގެ ސިކުނޑިން ނުކުމެގެންނެވެ. އެއީ ތަޖުރިބާ އާއި، ތާރީޚެވެ." ބައިބްލް އަކީ ﷲ ގެ ބަސްފުޅެއް ނޫނޭ ބުނެވޭނޭ މިއަށްވުރެ ސަރީހަ ގޮތެއް އޮންނާނެތޯއެވެ؟ އެކަމަކު ހައިރާންވާން ޖެހެނީ ބައިބްލްގެ ޢިލްމުވެރިން މިހުރިހައި ވާހަކައެއް ދެއްކުމަށް ފަހު ވެސް ބައިބްލް އަކީ އެއްވެސް ޚިލާފެއް ނެތް، ކުށެއް ނެތް، ﷲ ގެ ބަސްފުޅު ކަމަށް ޢާއްމުންގެ ހިތަށް ވައްދައިދޭން މަސައްކަތް ކުރާތީއެވެ. މިއީ ތަލިން ކުޅު ހިކޭ ވަރުގެ އަޖާއިބު ކުރުވަނިވި ކުޅިގަނޑެކެވެ. މަތީގައި ދެންނެވުނު ދެ ޢިލްމުވެރިން ސާފު ބަހުން ބުނަމުން އެ ގެންދަނީ ބައިބްލް އަކީ އިންސާނުންގެ އަމިއްލަ އުފެއްދުމެކޭއެވެ. އަމިއްލަ އަށް ލިޔެގެން އުޅޭ ފޮތެކޭއެވެ. އެކަމަކު މީހުންގެ ބޮލަށް ވައްދައިދޭން އުޅެނީ އެޔާ ދިމާ އިދިކޮޅު ޚިޔާލެކެވެ. ޢިލްމުވެރިންގެ ކަންތައް ހުރީ މިހެން ކަމަށް ވާ ނަމަ އާދައިގެ މީހުން ގެ ޙާލަކީ ކޮބައިތޯއެވެ؟ އިސްލާމީ ދުނިޔޭގައި ނަން ހިނގާފައިވާ މަޝްހޫރު ޢިލްމުވެރިއެއް ކަމަށްވާ އަޙްމަދު ދީދާތު ލިޔުއްވަ އެވެ. "ނަޞާރާ ދީން ކިޔަވާ ކުއްޖަކާ އެއްދުވަހަކު އަޅުގަނޑާ ބައްދަލު ވިއެވެ. އޭނާ ވަރަށް ގިނައިން ޖޮހަނަސްބާރގް ގައި ހުންނަ ނިވްޓައުން މިސްކިތަށް އާދެއެވެ. އެއީ އަޅުގަނޑުމެން ނަމާދު ކުރާ ގޮތް ބެލުމުގެ ނަމުގައެވެ. އަޅުގަނޑު އެއް ދުވަހަކު އޭނާ ގޮވައިގެން އަޅުގަނޑުގެ ކޮއްކޮގެ ގެއަށް މެންދުރު ކާންދޭން ހިނގައްޖައީމެވެ. އެގެ ހުންނަނީ މިސްކިތާ ވަރަށް ކައިރީގައެވެ. ކާން ތިބެގެން ދެކެވުނު ވާހަކައިގެ ތެރޭގައި އަޅުގަނޑު ބުނެފީމެވެ. "ބައިބްލް އަކީ ﷲ ގެ ބަސްފުޅު ކަމަކަށް ކަލޭގެ ޕްރޮފެސަރ ގޭސަރ އެއް ގަބޫލެއް ނުކުރެއެވެ. (ޕްރޮފެސަރ ގޭސަރ އަކީ އޭނާ ކިޔަވާ ޔުނިވަރސިޓީ ގެ ދީނީ ޢިލްމާ ބެހޭ ބައިގެ ވެރިޔާއެވެ.) އޭނާ އެއްވެސް ޖެހިލުމެއް ނެތި ޖަވާބު ދިނެވެ. އަހަންނަށް އެނގެއެވެ. އަޅުގަނޑު އެހެން ބުނީ އެއްވެސް މަޢުލޫމާތެއް ލިބިގެންނެއް ނޫނެވެ. ގޭސަރ ގެ ޢަޤީދާ އޮންނަ ގޮތެއް އޭރަކު އަޅުގަނޑަކަށް ނުވެސް އެނގެއެވެ. ގޭސަރ ގެ ކަންތައްތައް ހުންނަ ގޮތުން އަޅުގަނޑަށް އެ ކަހަލަ ގޮތަކަށް ހީ ކުރެވުނީއެވެ. އެހެން ނަމަވެސް ދެއްކި ވާހަކަ ދިމާވީއެވެ. އަޅުގަނޑު އަނެއްކާވެސް ބުނެފީމެވެ. ބައިބްލް އަކީ ގެ ބަސްފުޅު ކަމަކަށް ކަލޭގެ މުދައްރިސުންނެއްވެސް ގަބޫލެއް ނުކުރެއެވެ. އޭނާ ބުންޏެވެ. އަހަންނަށް އެނގެއެވެ. އެކަމަކު ބައިބްލް އަކީ ﷲ ގެ ބަސްފުޅު ކަމަށް އަހަރެން ގަބޫލު ކުރަމެވެ." އަޅުގަނޑާ އެއްދުވަހަކު އިންޑިއާގެ ވިޔަފާރިވެރިއަކާ ބައްދަލު ވެއްޖެއެވެ. އޭނާ އަކީ ސާއީ ބާބާ އަށް އަޅުކަން ކުރާ މީހެކެވެ. ސާއީ ބާބާ އަކީ އިންސާނެކެވެ. މިހާރުވެސް ދިރި ދުނިޔޭގައި ހުރި، މަށިން ހައްދަވާފައިވާ އިންސާނެކެވެ. މި ދަންނަވާ ވިޔަފާރިވެރިޔާ ގަބޫލު ކުރާ ގޮތުގައި ސާއީ ބާބާ އަކީ ކަލެކެވެ. އޭނާ ގެ މުޢުޖިޒާތްތަކާއި، ކަރާމާތް ތަކުގެ ވާހަކަ އަޅުގަނޑު ގާތު ދެ ގަޑިއެއްހައިއިރު ވާންދެން ދެއްކިއެވެ. އަޅުގަނޑުވެސް ދިޔައީ އެއީ ކަލެއް ނޫން ކަމަށް ސާބިތުވާ (އަޅުގަނޑަށް ފެންނަން) ހެކިތައް ދައްކަމުންނެވެ. އެންމެ ފަހުން އޭނާ ބުނީ ކީކޭ ކަމަށްތޯއެވެ؟ "ޚުދު ސާއީ ބާބާ އައިސް ތިމަން މިއީ ކަލެއް ނޫނޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަމެވެ." މި ބާވަތުގެ މީހުންނަކަށް ދޭނޭ ބޭހެއް، ހަދާނޭ ފަންޑިތައެއް ނޯންނާނެއެވެ. މިފަދަ މީހުންނާ ބެހޭ ގޮތުން ޢީސާ ޢަލައިހިއްސަލާމް ވިދާޅުވެފައިވާ ކަމަށް ބައިބްލް ގައި ވެއެވެ. ". . . އެ މީހުންނަށް ފެނެއެވެ. އެކަމަކު ނުފެނެއެވެ. އަޑު އިވެއެވެ. އެކަމަކު ނީވެއެވެ. އެ މީހުންނަކަށް ނުވެސް ވިސްނެއެވެ." (މަތިވް ގެ 13 ވަނަ ފޮތުގެ 13 ވަނަ އާޔަތް) ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 18 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވަނީވެސް މި ފަދަ މީހުންގެ ވާހަކަ އެވެ. އާދެ، ބީރު، މަންމަން، ކަނު މީހުން ހެޔޮ މަގަށް ނޭނބުރޭނޭ ވާހަކައެވެ. އެހެން ނަމަވެސް ނާޞާރާއިންގެ ތެރޭގައިވެސް ހެޔޮ ވިސްނޭ، ނުވަތަ ހެޔޮ ވިސްނަން ބޭނުންވާ މީހުން އުޅެއެވެ. އެފަދަ މީހުން އީމާން ވުމަކީ އެކަށީގެންވާ ކަމެކެވެ. އީމާންވާނޭ ބަޔަކީވެސް އެއީއެވެ. ނަޞާރާއިންނާ ވާހަކަ ދައްކާއިރު މުސްލިމުންނަށް ކުރިމަތިވާ ނުވަތަ ނަޞާރާއިން މުސްލިމުންނަށް ކުރިމަތި ކުރާ މައްސަލައެއް އޮވެއެވެ. މުސްލިމުން ބައިބްލްގެ ހަމަނުޖެހޭ ވާހަކަ ދައްކާއިރު އެ ފޮތުގެ އާޔަތްތަކަށް ހަވާލާ ދެއެވެ. މިއީ ކަންތައް ކުރަން ޖެހޭ ގޮތްވެސް މެއެވެ. ކޮންމެ ދީނެއްގެ ވާހަކަ ދެއްކި ނަމަވެސް އެ ދީނެއްގެ އުސޫލު ތަކުގެ ވާހަކަ ދައްކަން ޖެހޭނެއެވެ. އެ ދީނުގެ މީހުން ގަބޫލު ކުރާ ފޮތެއް އޮތިއްޔާ އެ ފޮތެއްގެ ވާހަކަ ވެސް ދައްކަން ޖެހޭނެއެވެ. ބައިބްލް ގެ ވާހަކަ ދައްކައި، ނަޞާރާ ދީނުގެ ފޫނުބެދޭ ކަން ސާބިތު ކޮށް ދިނުމާއެކު އެ މީހުން މުސްލިމުންނާ ކުރިމަތި ކުރަނީ ވަރަށް އާދަޔާ ޚިލާފު ސުވާލެކެވެ. ކަލޭ ބައިބްލް އަށް އީމާން ވަމުހެއްޔެވެ؟ ފެންނަ ފެނުމުގައި މިއީ ވަރަށް ފަސޭހަ ސުވާލެކެވެ. އެކަމަކު މި ސުވާލަށް ކުރު ޖަވާބެއް ދިނުމަކީ މުސްލިމުންނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެންމެ ފުރަތަމަ ވާހަކަ ދައްކަން ޖެހެނީ އެ ފޮތާ ބެހޭ ގޮތުންނެވެ. މުސްލިމުން އެ ފޮތާ މެދު ދެކޭ ގޮތް ހާމަ ކޮށްފައި ނޫނީ ޖަވާބެއް ދިނުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަކު ނަޞާރާ އިންނަކަށް ކެތެއް ނުކުރެވެއެވެ. އަވަސް އަވަހަށް ބުނާނެއެވެ. އާނއެކޭ ނުވަތަ ނޫނެކޭ ބުނާށެވެ. މިއީ މީގެ ދެ ހާހެއްހައި އަހަރު ކުރިން ޔަހޫދީން ޢީސާ ޢަލައިހިއްސަލާމާ މެދު ކަންތައް ކުރި ގޮތެވެ. ކަޅު ކޮންމެ އެއްޗަކީ ހުދު އެއްޗަކަށް ނުވާނެއެވެ. އެ ދެމެދުގައި މަޑު އަޅި ކުލައާއި، ގަދަ އަޅި ކުލަ އާއި، މި ނޫނަސް އަޅި ކުލައިގެ އެތައް ވައްތަރެއް ހިމެނެއެވެ. ނަޞާރާއިންގެ ސުވާލަށް އާނއެކޭ ވިދާޅުވެއްޖެ ނަމަ އޭގެ މާނަ އަކީ ބައިބްލް އޭ އެ ކިޔާ ފޮތުގައި ވާ ހުރިހައި ވާހަކަ އަކަށް އީމާންވެ ވަޑައިގަންނަވަނީއެވެ. ނޫނެކޭ ވިދާޅުވެއްޖެ ނަމަ އެ މީހުން ބުނާނެއެވެ. ނިކަން ދެކިބަލާށެވެ. މިހިރަ މީހަކު ބައިބްލް އަކަށް އީމާނެއް ނުވެއެވެ. އެހެން ކަމަށް ވަންޏާ އެ ފޮތާ ހަވާލާދީ އަހަރެމެންނާ ޒުވާބު ކުރުމުގެ ހައްގެއް މި މީހާ އަކަށް ނޯންނާނެއެވެ. މިއީ އެއްވެސް ކަމެއް ސާބިތު ކޮށްދޭން ނުވަތަ މުސްލިމުން ސާބިތުކޮށްދޭ ކަމެއް ދޮގު ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ. އަސްލު މައުޟޫޢުން ބޭރު ވާން ވެގެން ދައްކާ ވާހަކައެވެ. މި ފަދަ ދަނޑިވަޅެއްގައި މުސްލިމުން ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައިތޯއެވެ؟ ފުރަތަމަ ހަދަން ޖެހޭ ގޮތަކީ ބައިބްލް އާ ބެހޭ ގޮތުން މުސްލިމުންގެ ޢަޤީދާ އޮންނަ ގޮތް ސާފު ކޮށް ދޭންވީއެވެ. ބައިބްލް ގައި ތިން ވައްތަރެއްގެ ވާހަކަ ހިމެނިފައި ވެއެވެ. މިއީ މާ ބޮޑު ޢިލްމުވެރިއަކަށް ނުވިޔަސް އެނގިދާނޭ ކަމެކެވެ. މި ކަމަކީ އަޅުގަނޑުމެން މުސްލިމުން ހެޔޮ ހިތުން ގަބޫލު ކުރާ ކަމެއްވެސް މެއެވެ. އެ ތިން ވައްތަރަކީ: 1. ﷲ ގެ ބަސްފުޅުގެ ގޮތުގައި ފާހަގަ ކުރެވޭ ބައެއް ވާހަކަ ބައިބްލް ގައި އެބަހުއްޓެވެ. 2. ރަސޫލު ބޭކަލުންގެ ވާހަކަފުޅުގެ ގޮތުގައި ފާހަގަ ކުރެވޭ ބައެއް ވާހަކަ ބައިބްލް ގައި އެބަހުއްޓެވެ. 3. ބައިބްލް ގެ ގިނަ ވާހަކަ ތަކަކީ ތާރީޚު އިލްމުވެރިންގެ ވާހަކަ ކަން ފިސާރި ރަނގަޅަށް ސާބިތު ވާން އެބައޮތެވެ. ފުރަތަމަ ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ: (ހ) "އަހުރެން އެ މީހުންގެ ތެރެއަށް ރަސޫލުބޭކަލަކު ފޮނުއްވާނަމެވެ. . . އަދި އަހުރެންގެ ބަސް އެ ބޭކަލެއްގެ ދޫފުޅަށް ލައްވާނަމެވެ. . . އަދި އެ ބޭކަލަކު އަހުރެން އަންގާ ވާހަކަތައް އެ މީހުންނަށް ވިދާޅުވެ ދެއްވާނެ އެވެ." (ޑިއުޓްރޯނޮމީ ގެ 18 ވަނަ ބާބުގެ 18 ވަނަ އާޔަތް) (ށ) "ކަލަކީ އަހުރެންނީމެވެ. އަހުރެން ފިޔަވައި (ކަލޭމެން) ސަލާމަތް ކޮށްދޭނޭ އެހެން ފަރާތެއް ނެތެވެ." (އައިސާއިއަހ 43 ވަނަ ބާބުގެ 11 ވަނަ އާޔަތް) މި ދެ މިސާލަށް ބައްލަވައިލައްވާށެވެ. އެއީ ކަލާނގެ ބަސްފުޅު ކަމަށް ގަބޫލު ކުރެވިދާނޭ ގޮތް ފެންނާން އެބަހުއްޓެއް ނޫންތޯއެވެ؟ ދެވަނަ އަށް ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ: (ހ) "މަސީޙް ހަރު އަޑުފުޅުން ކީރިތި ކުރައްވައި ވިދާޅުވިއެވެ. އެލައި، އެލައި، ސަބަޗްޓަނި? . . ." (މަތިވް 27 ވަނަ ބާބުގެ 46 ވަނަ އާޔަތް) (ށ) "ދެން މަސީޙް އޭނާ އަށް ޖަވާބު ދެއްވި އެވެ. ޙުކުމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙުކުމަކީ އޭ އިސްރާއީލެވެ! އަޑު އަހާށެވެ! އަހަރެމެން ގެ އިލާހަކީ އެއްކައުވަންތަ އިލާހެކެވެ."" (މާރކް 12 ވަނަ ބާބުގެ 29 ވަނަ އާޔަތް) މި ދެ މިސާލަށް ބައްލަވާލައްވާށެވެ. މަސީޙް ވިދާޅުވިއެވެ. ޖަވާބު ދެއްވިއެވެ. މިހެން އޮތީމާ އެއީ އެ ވާހަކަ ނިސްބަތް ކުރެވޭ ބޭކަލެއްގެ ދޫފުޅުން ނުކުތް ބަސްފުޅު ތަކެއްކަން ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. އާދެ، އެއީ ރަސޫލުބޭކަލެއްގެ ވާހަކަފުޅެވެ. ތިން ވަނައަށް ދެންނެވުނު ވައްތަރުގެ ވާހަކައިގެ މިސާލަކީ: (ހ) "ދުރުން ޒައިތޫނި ގަހެއް ފެނިވަޑައިގެން އެ ކަލޭގެފާނު (ޢީސާ ޢަލައިހިއްސަލާމް) އެތަނަށް ވަޑައިގެންފިއެވެ. އެއީ އެތަނުން އެ ކަލޭގެފާނަށް (ޢީސާ ޢަލައިހިއްސަލާމަށް) ކޮންމެވެސް އެއްޗެއް ފެނިވަޑައިގެންފާނެ ކަމުގެ އުއްމީދުގަ އެވެ. އެ ކަލޭގެފާނު (ޢީސާ ޢަލައިހިއްސަލާމް) އެ ތަނަށް ވަޑައިގަތުމުން އެކަލޭގެފާނަށް (ޢީސާ ޢަލައިހިއްސަލާމަށް) އެ ތަނުން ފަތް ފިޔަވައި އެހެން އެއްޗެއް ފެނިވަޑައެއް ނުގަތެވެ." (މާރކް 11 ވަނަ ބާބުގެ 13 ވަނަ އާޔަތް) ބައިބްލް ގެ ބޮޑު ބައި ބިނާ ވެފައި އޮންނަނީ މި ދެންނެވުނު ތިން ވަނަ ވައްތަރުގެ ވާހަކައިގެ މައްޗަށެވެ. އެއީ ކޮންމެވެސް ކަމަކާ ނުވަތަ މީހަކާ ބެހޭ ގޮތުން އެހެން މީހަކު ދައްކާފައި ހުރި ވާހަކަކަން އެނގެނީ މީހަކު ބުނެގެންނެއް ނޫނެވެ. މިއީ ކަލާނގެ ބަސްފުޅެއް ނޫނެވެ. ރަސޫލު ބޭކަލެއްގެ ބަސްފުޅެއްވެސް ނޫނެވެ. ތާރީޚު ލިޔާ މީހެއްގެ ބަހެވެ. މި ތިން ބައި ވަކި ކުރުމަކީ އެއްވެސް މުސްލިމަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. އެހެނީ އިސްލާމް ދީނުގައިވެސް މިތިން ބާވަތުގެ ވާހަކަ އެބަހުއްޓެވެ. އެކަމަކު ދުނިޔޭގެ އެހެން ހުރިހައި ދީނަކާ ޚިލާފަށް މުސްލިމުންގެ އަތުގައި މި ތިން ބާވަތުގެ ވާހަކަ ހުރީ މުޅިން ތަފާތު ތިން ފޮތެއްގައެވެ. އެއީ: 1. ކަލާނގެ ބަސްފުޅު: ކީރިތި ޤުރުއާން ގައި 2. ރަސޫލުބޭކަލުންގެ ބަސްފުޅު: ހަދީޘް ގައި 3. ތާރީޚު ލިޔާ މީހުންގެ ވާހަކަ: އިސްލާމީ ތާރީޚުގެ ފަތްފުށް ތަކުގައި މުސްލިމުން މި ތިން ބައި ގެންގުޅެނީ ވަކިންނެވެ. އެކަތި އަނެކައްޗާ މަސްހުނިކޮށް އޮޅުވާލައިގެންނެއް ނޫނެވެ. އެކަމަކު ނަޞާރާ އިންގެ ފޮތުގައި މި ތިން ބާވަތުގެ ވާހަކަ އެބަ ހުއްޓެވެ. ހަމަ އެއް ފޮތުގަ އެވެ. ވުމާއެކު އެ މީހުންނަށް ޖެހެނީ އެ ތިން ބާވަތުގެ ވާހަކަ އަށް ވެސް ވަޙީގެ ދަރަޖަ ދޭށެވެ. މަޢުލޫމާތު: އިޒް ބައިބްލް ގޯޑްސް ވޯރޑް [[ab:Абиблиа]] [[af:Bybel]] [[als:Bibel]] [[am:መጽሐፍ ቅዱስ]] [[an:Biblia]] [[ang:Biblioþēce]] [[ar:الكتاب المقدس]] [[arc:ܟܬܒܐ ܩܕܝܫܐ]] [[arz:الكتاب المقدس]] [[ast:Biblia]] [[ay:Biblia]] [[az:Bibliya]] [[ba:Библия]] [[bar:Bibel]] [[bat-smg:Bėblėjė]] [[be:Біблія]] [[be-x-old:Біблія]] [[bg:Библия]] [[bi:Baebol]] [[bm:Bibulu]] [[bn:বাইবেল]] [[bo:གསུང་རབ།]] [[bpy:বাইবেল]] [[br:Bibl]] [[bs:Biblija]] [[ca:Bíblia]] [[cdo:Séng-gĭng]] [[ceb:Bibliya]] [[chy:Ma'heónemôxe'êstoo'o]] [[ckb:کتێبی پیرۆز]] [[co:Bibbia]] [[cs:Bible]] [[csb:Biblëjô]] [[cv:Библи]] [[cy:Beibl]] [[da:Bibelen]] [[de:Bibel]] [[diq:İncil]] [[dsb:Biblija]] [[ee:Biblia]] [[el:Αγία Γραφή]] [[en:Bible]] [[eo:Biblio]] [[es:Biblia]] [[et:Piibel]] [[eu:Biblia]] [[ext:Bíblia]] [[fa:کتاب مقدس]] [[fi:Raamattu]] [[fiu-vro:Piibli]] [[fj:Ai Vola Tabu]] [[fo:Bíblian]] [[fr:Bible]] [[fur:Biblie]] [[fy:Bibel]] [[ga:An Bíobla]] [[gan:聖經]] [[gd:Bìoball]] [[gl:Biblia]] [[gn:Tupã ñe'ẽngue ryru]] [[gu:બાઇબલ]] [[ha:Baibûl]] [[hak:Sṳn-kîn]] [[haw:Paipala]] [[he:ביבליה]] [[hi:बाइबिल]] [[hr:Biblija]] [[hsb:Biblija]] [[ht:Bib]] [[hu:Biblia]] [[hy:Աստվածաշունչ]] [[ia:Biblia]] [[id:Alkitab]] [[ie:Bible]] [[ig:Akwụkwọ Nsọ]] [[ilo:Biblia]] [[io:Biblo]] [[is:Biblían]] [[it:Bibbia]] [[ja:聖書]] [[jv:Alkitab]] [[ka:ბიბლია]] [[kg:Biblia]] [[ki:Biblia]] [[kk:Таурат және Інжіл]] [[kl:Biibili]] [[kn:ಬೈಬಲ್]] [[ko:성경]] [[koi:Библия]] [[ksh:Bibel]] [[ku:Încîl]] [[kw:Bibel]] [[ky:Библия]] [[la:Biblia]] [[lad:Biblia]] [[lb:Bibel]] [[lg:Baibuli]] [[li:Biebel]] [[lmo:Bibia]] [[ln:Biblíya]] [[lo:ພະຄຳພີ]] [[lt:Biblija]] [[lv:Bībele]] [[mg:Baiboly]] [[mk:Библија]] [[ml:ബൈബിൾ]] [[mn:Библи]] [[mr:बायबल]] [[mrj:Библи]] [[ms:Alkitab]] [[mt:Bibbja]] [[mwl:Bíblia]] [[my:သမ္မာကျမ်းစာ]] [[na:Bibel]] [[nah:Teōāmoxtli]] [[nds:Bibel]] [[nds-nl:Biebel]] [[ne:बाइबल]] [[nl:Bijbel (christendom)]] [[nn:Bibelen]] [[no:Bibelen]] [[nov:Bible]] [[nrm:Bibl'ye]] [[nso:Bibele]] [[ny:Baibulo]] [[oc:Bíblia]] [[om:Kitaaba]] [[os:Библи]] [[pa:ਬਾਈਬਲ]] [[pag:Biblia]] [[pap:Beibel]] [[pdc:Biwwel]] [[pfl:Biewel]] [[pl:Biblia]] [[pms:Bibia]] [[pnb:بائبل]] [[pt:Bíblia]] [[qu:Dyuspa Simin Qillqa]] [[rm:Bibla]] [[rn:Bibiliya]] [[ro:Biblia]] [[ru:Библия]] [[rue:Біблія]] [[rw:Bibiliya]] [[sah:Биибилийэ]] [[sc:Bibbia]] [[scn:Bibbia]] [[sco:Bible]] [[se:Biibbal]] [[sg:Bible]] [[sh:Biblija]] [[si:ශුද්ධවූ බයිබලය]] [[simple:Bible]] [[sk:Biblia]] [[sl:Sveto pismo]] [[sm:'O le Tusi Pa'ia]] [[sn:Bhaibheri]] [[so:Kitaabka quduska]] [[sq:Bibla]] [[sr:Библија]] [[srn:Bèibel]] [[ss:LiBhayibheli]] [[st:Bebele]] [[stq:Biebel]] [[su:Alkitab]] [[sv:Bibeln]] [[sw:Biblia ya Kikristo]] [[szl:Biblijo]] [[ta:விவிலியம்]] [[te:బైబిల్]] [[tet:Bíblia]] [[tg:Таврот ва Инҷил]] [[th:คัมภีร์ไบเบิล]] [[ti:መጽሓፍ ቅዱስ]] [[tk:Injil]] [[tl:Bibliya]] [[to:Tohitapu]] [[tpi:Baibel]] [[tr:Kitab-ı Mukaddes]] [[tt:Инҗил]] [[tum:Baibolo]] [[tw:Twere Kronkron]] [[ty:Pipiria]] [[ug:ئىنجىل]] [[uk:Біблія]] [[ur:کتاب مقدس]] [[uz:Muqaddas Kitob (Xristian Dinida)]] [[ve:Bivhili]] [[vec:Bibia]] [[vep:Biblii]] [[vi:Kinh Thánh]] [[vls:Bybel]] [[war:Bibliyá]] [[wo:Biibël]] [[wuu:圣经]] [[xal:Библь]] [[xh:IBhayibhile]] [[xmf:ბიბლია]] [[yi:ביבל]] [[yo:Bíbélì Mímọ́]] [[zea:Biebel]] [[zh:聖經]] [[zh-min-nan:Sèng-keng]] [[zh-yue:聖經]] [[zu:IBhayibheli]] All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://dv.wikipedia.org/w/index.php?oldid=108719.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|