Revision 118980 of "ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް" on dvwiki{{delete}}
ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއަކީ މިވަގުތު ދިވެހިރާއްޖޭގައި ތިއްބެވި ގުނާލެވޭ ފުންނާބު އުސް ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅެކެވެ. އަދި ދިވެހިން އެހާމެ ޤަދަރާއި އިހްތިރާމްކުރާ ހުރިހާ އަޚުންގެ އެކުވެރިއެކެވެ. ދީނާއި ޤައުމަށްޓަކައި އެމަނިކުފާނު ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ގިނަގުނައެވެ.
ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރަރއެއްގެ އިތުރުން ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީސް ފޮރ ސިޓިންގ މެޖިސްޓްރޭޓް ކޯހުގެ ކޯސް ކޯޑިނޭޓަރއެވެ. މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އެކަޑަމިކް ބޯރޑް މެންބަރެއްގެ އިތުރުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެޑްވައިޒަރީ ބޯރޑް މެންބަރެކެވެ. އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އަރަބިކް ޑިޕާޓްމަންޓްގެ ހެޑެވެ. މީގެ އިތުރުން ޢަލީ ޒާހިރުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އުސްތާޛެއްގެ އިތުރުން ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ޕާރޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްލުން މުހިއްމުކަމުގައި ދެކެމެވެ. ޝައިޚްއަކީ ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ ވަކީލެއްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސްއިން އުފައްދަވާފައިވާ ފުންނާބު އުސް ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖޭގެ އިސްލާމިކް ފިޤުޙު އެކަޑަމީގެ މެންބަރެކެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީން އުގަންނައިދެއްވުމަށް ވަރުބަލި ކަމުގެ އިހުސާސެއް ނެތި ހިކުމަތްތެރިކަމާއިއެކު މަސައްކަތް ކުރައްވަމުންގެންދަވާ އެނދުރެކެވެ. އެގޮތުން ޕޯޑިއަމްތަކުގަޔާއި މިސްކިތްތަކުގައި ދެއްވާފައިވާ އަސަރުންފުރިގެންވާ ދަރުސްތަކާއި، މިންބަރުތަކުގައި ދެއްވާފައިވާ އަގުހުރި ޚުތުބާތަކާއި، ސްޓޫޑިއޯތަކުގަޔާއި، ޓީވީ އަދި ރޭޑިޔޯތަކުގައި ދެއްވާފައިވާ މަޢުލޫމާތުން ފުރިގެންވާ ޝޯވތައް ފާހަގަކޮއްލެވެއެވެ. މިދެންނެވި ޕްރޮގްރާމްތަކުން ލިބޭ ކޮންމެ ފިލާވަޅަކީ ދިވެހި ރައްޔިތުންގެ ލޯތައް އިސްލާމްދީނަށް ހުޅުވައިދީ، އީމާންތެރިންގެ އީމާންތެރިކަން އިތުރުކޮށްދޭ އަދި ބިދުޢަތަކާއި ޚުރާފާތްތަކުން ދިވެހި އުންމަތް ރައްކާތެރިކޮށްދީ ސުންނަތަށް ހިއްޖައްސުވައިދޭ ޢިލްމުން ފުރިގެންވާ ބަސްތަކެކެވެ. ޝައިޚްގެ މިޖިހާދުގަޔާއި އުމުރުގައި މާތްﷲ ބަރަކާތްލައްވަވާ ޝައިޚަށް ފާފަފުއްސަވާ، ރަޙްމަތްލައްވާންދޭވެ. އާމީން.
ތަޢުލީމީ ހަޔާތް:
ނ. އަތޮޅު މަނަދޫއަށް އުފަން ޢަލީ ޒާހިރުގެ ތަޢުލީމީ ޙަޔާތް ފެށިގެން އައިސްފައިވަނީ ނ. އަތޮޅު މަދަރުސާއިންނެވެ. އެއަށްފަހު 1992-1997 ށް ޕާކިސްތާނުގެ ސަލަފިއްޔާ ޔުނިވާރސިޓީން ޝަހާދާ ސާނަވިއްޔާއާއިއެކު ޑިގްރީގެ ފުރަތަމަ އަހަރު ފުރިހަމަކުރެއްވިއެވެ. ޕާކިސްތާނުގައި 5 އަހަރު ހޭދަކުރެއްވުމަށްފަހު، 1997-1998 ށް ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރ ސިޓީ އިން ޢަރަބި ބަހުގެ ޑިޕްލޮމާ ލެވަލް ސެޓްފިކެޓް ފުރިހަމަކުރައްވައި، 1998-2001 ށް ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކުރައްވާފައިވެއެވެ. އެއަށްފަހު 2001-2005 ށް މަދީނާ އިސްލާމިކް ޔުނިވަރ ސިޓީ އިން ޙަދީޘް ޢިލްމުން ބެޗެލާރސް ޑިގްރީ ހާސިލްކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގައި 8 އަހަރު ތަޢުލީމް ހާސިލްކުރެއްވުމަށްފަހު ފިޤްޙް އަދި އުސޫލުލް ފިޤްޙްގެ ޢިލްމުން މާސްޓަރސް ޑީގްރީ ހާސިލްކުރައްވާފައިވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ.
ޝައިޚް ޢަލީ ޒާހިރު ދެކިލައްވާ ގޮތުގައި އުނގެނުމަކީ ހަޔާތުގައި ހުއްޓުމެއްނެތި އަބަދުވެސް ކުރިޔަށް ދާންޖެހޭނެ މަސައްކަތެކެވެ. އެގޮތުން ޝައިޚް ދަސްކުރުމާއި އުނގެނުމުގައި އަދި ދިރާސާތަކާއި ހޯދުންތައް ހޯދުމުގައި ހަރުދަނާކަންމަތީ ސާބިތުވެ މަސައްކަތްކުރައްވައެވެ. އެގޮތުން ޝައިޚް ގިނަ އިންޓަރނޭޝަނަލް ސެމިނަރ އަދި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެފައިވާކަމާއި ކިޔުމާއި، ލިޔުމުގެ އިތުރުން ޢިލްމީ ރިސާރޗްކުރުމަކީ ޝައިޚްގެ ޝަޢުޤުކަން ފާހަގަކޮށްލަމެވެ. ޝައިޚް ކައިރި އަދި ދުރު އަމާޒުތަކެއް ގެންގުޅުއްވާއިރު އެންމެ މުހިއްމު އަމާޒަކީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޕީ.އެޗް.ޑީ ޙާސިލްކުރުމެވެ. އޭﷲ، ޝައިޚްގެ ހުވަފެން ޙަޤީގަތަށް ބަދަލުކޮށްދެއްވާ ޝައިޚުގެ ޢިލްމު އިތުރުކުރައްވާންދޭވެ. އަދި ޝައިޚްގެ މަސައްކަތުގައި އިޚްލާޞްތެރިކަން ލައްވަވާންދޭވެ. އާމީން.
[[Category:Biography]]
[[Category:މަނަދޫ (ނ. އަތޮޅު)]]
--[[މެމްބަރު:Allosaeed|Allosaeed]] 05:21, 24 ޑިސެމްބަރު 2011 (UTC)All content in the above text box is licensed under the Creative Commons Attribution-ShareAlike license Version 4 and was originally sourced from https://dv.wikipedia.org/w/index.php?oldid=118980.
![]() ![]() This site is not affiliated with or endorsed in any way by the Wikimedia Foundation or any of its affiliates. In fact, we fucking despise them.
|