Revision 119159 of "މަނަދޫ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް" on dvwiki

{{delete}}
ވަނައަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއަކީ މިވަގުތު ދިވެހިރާއްޖޭގައި ތިއްބެވި ގުނާލެވޭ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެ ތެރެއިން އެއްބޭފުޅެކެވެ. ޝައިޚް ޢަލީ ޒާހިރަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާކަމާއި ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީސް ފޮރ ސިޓިންގ މެޖިސްޓްރޭޓް ކޯހުގެ ކޯސް ކޯޑިނޭޓަރެއްގެ ގޮތުން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އެކަޑަމިކް ބޯރޑް މެންބަރުކަމާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެޑްވައިޒަރީ ބޯރޑް މެންބަރުކަމާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ އަރަބިކް ޑިޕާޓްމަންޓްގެ ހެޑެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޝައިޚް ޢަލީ ޒާހިރުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އުސްތާޛެއްގެ އިތުރުން ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ޕާރޓްޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ. ޝައިޚް ޢަލީ ޒާހިރަކީ ޝަރުޢީ ކޯޓްތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮންނަ ވަކީލެއްގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އުފައްދަވާފައިވާ ފުންނާބު އުސް ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ ދިވެހިރާއްޖޭގެ އިސްލާމިކް ފިޤުޙު އެކަޑަމީގެ މެންބަރެކެވެ. ކިޔަވައިދެއްވުމުގައި މިހާރުވެސް ޢަމަލީގޮތުން މަސައްކަތް ކުރައްވަމުން ގެންދަވާ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމަކީ މިހާރު ޤައުމީ ޔުނިވަރސިޓީގެ އެކަޑަމިކް ސެނެޓްގެ މެންބަރެއްގެ އިތުރުން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިންގ ޑީން އެވެ.

ނ. އަތޮޅު މަނަދޫއަށް އުފަން، ޝައިޚް ޢަލީ ޒާހިރުގެ ތަޢުލީމީ ޙަޔާތް ފެށުނީ ނ. އަތޮޅު މަދަރުސާއިންއެވެ. އެއަށްފަހު 1992 އިން 1997 އަށް ޕާކިސްތާނުގެ ސަލަފިއްޔާ ޔުނިވާރސިޓީން ޝަހާދާ ސާނަވިއްޔާއާއިއެކު ޑިގްރީގެ ފުރަތަމަ އަހަރު ފުރިހަމަކުރެއްވިއެވެ. ޕާކިސްތާނުގައި 5 އަހަރު ހޭދަކުރެއްވުމަށްފަހު، 1997 އިން 1998 އަށް ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ޢަރަބި ބަހުގެ ޑިޕްލޮމާ ފުރިހަމަކުރައްވައި، 1998އިން 2001 އަށް ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކުރައްވާފައިވެއެވެ. އެއަށްފަހު 2001 އިން 2005 އަށް މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ޙަދީޘް ޢިލްމުން ބެޗެލާރސް ޑިގްރީ ހާސިލްކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގައި 8 އަހަރު ތަޢުލީމް ހާސިލްކުރެއްވުމަށްފަހު ފިޤްޙް އަދި އުސޫލުލް ފިޤްޙްގެ ޢިލްމުން މާސްޓަރސް ޑީގްރީ ހާސިލްކުރައްވާފައިވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންވެ.

މަރުޖިޢު: މަނަދޫލައިވް.ކޮމް.އެމްވީ


[[Category:Biography]]
[[Category:މަނަދޫ (ނ. އަތޮޅު)]]
--[[މެމްބަރު:Allosaeed|Allosaeed]] 05:20, 24 ޑިސެމްބަރު 2011 (UTC)